މިފަހަރު ޗައިވާލާއެއް ނޫން، ބަންގްލަދޭޝްގެ ބިދޭސީ މަސައްކަތު ވާލާ

މެލޭޝިޔާގައި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ މަސައްކަތު މީހެއްގެ ލޯ ރީތިކަމުން އޭނާގެ ފޮޓޯ ވައިރަލްވެއްޖެއެވެ. މީހަކު އެ ބިދޭސީ މީހާގެ ފޮޓޯ ޓްވިޓާއަށް ލު...

25 Mar 2019 | 11:56

މެލޭޝިޔާގައި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ މަސައްކަތު މީހެއްގެ ލޯ ރީތިކަމުން އޭނާގެ ފޮޓޯ ވައިރަލްވެއްޖެއެވެ.

މީހަކު އެ ބިދޭސީ މީހާގެ ފޮޓޯ ޓްވިޓާއަށް ލުމާއެކު އެ ފޮޓޯ މިހާތަނަށް 24 ހާހަށްވުރެ ގިނަ ފަހަރު ރީޓްވީޓް ކޮށްފައިވެއެވެ. 68 ހާސް ލައިކްސް އެ ޓްވީޓަށް ލިބިފައިވެއެވެ.

މި ފޮޓޯ ނެގި މީހާ ބުނެފައިވަނީ ފުރަތަމަ ފެނުނު ދުވަހު ފޮޓޯއެއް ނުނެގުނު ކަމަށާއި ނަމަވެސް ދެވަނަ ދުވަހު ދެތިން ފޮޓޯ ނެގި ކަމަށެވެ.

https://twitter.com/tkdnxv/status/1108731006150836224

"ވަރަށް ލަދުން ހުރީ. ފުރަތަމަ ނޭނގުން ބަލަންވީ ކޮންތާކަށް ކަމެއްވެސް. ކެމެރާއަށް ބަލަން ބައިވަރު ފަހަރު ދެއްކި ފަހުން ކެމެރާ އަށް ރަނގަޅަށް ބެލީ. ދެން ނެގުނީ މި ފޮޓޯ" ފޮޓޯ ނެގި މީހާ ބުނެފައިވެއެވެ.

ފޮޓޯނެގި މީހާ ބުނީ އެ ފޮޓޯ ފެނުމުން ހަނދާންވަނީ 1984 ގައި ނަގާފައިވާ ނެޝަނަލް ޖިއޮގްރަފިކްގެ ކަވާގައި ވާ ޝާރބަޓް ގުލާގެ ފޮޓޯ މަތިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް