ނިއު ޒިލެންޑުގެ ބޮޑު ވަޒީރަށް ނޯބަލް ޕީސް ޕްރައިޒް ދިނުމަށް ގޮވާލައި ޕެޓިޝަނެއް

ނިއު ޒިލެންޑުގެ ބޮޑު ވަޒީރަށް ނޯބަލް ޕީސް ޕްރައިޒް ދިނުމަށް ގޮވާލައި ޕެޓިޝަނެއް ނިއުޒިލެންޑުގެ ބޮޑު ވަޒީރު، ޖެސިންޑާ އާރޑެންއަށް "ނޯބަލް ޕީސް ޕްރައިޒް" ދިނުމަށް ގޮވާލައި 26000 އަށްވުރެ ގިނަ މީހުން ސޮއ...

25 Mar 2019 | 11:55

ނިއު ޒިލެންޑުގެ ބޮޑު ވަޒީރަށް ނޯބަލް ޕީސް ޕްރައިޒް ދިނުމަށް ގޮވާލައި ޕެޓިޝަނެއް

ނިއުޒިލެންޑުގެ ބޮޑު ވަޒީރު، ޖެސިންޑާ އާރޑެންއަށް "ނޯބަލް ޕީސް ޕްރައިޒް" ދިނުމަށް ގޮވާލައި 26000 އަށްވުރެ ގިނަ މީހުން ސޮއެކޮށް ޕެޓިޝަނެއް ތައްޔާރުކޮށްފިއެވެ. އާރޑެންއަށް މި އިނާމު ދިނުމަށް ގޮވާލާފައި މިވަނީ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ހަމާލާއާއި ގުޅިގެން އެކަމަނާ އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި ގެންގުޅުއްވި ހިއްހެޔޮ އަމަލު ތަކުގެ ސަބަބުންނެވެ.

ބައިނަލަގްވާމީ ބޮޑު ގޮވާލުންތަކަށް ހާއްސަ ވެބްސައިޓެއް ކަމުގައިވާ ޗޭންޖް.އޯއާރޖީ ގައި ޝާއިރު ކޮށްފައިވާ މި ޕެޓިޝަނުގައި 24 މާރޗްގެ ރެއާ ހަމައަށް 26000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއެ ކޮށްފައެވެ. އަދި މި އަދަދު ދަނީ މައްޗައް އަރަމުންނެވެ.

ކްރައިސްޓްޗާޗް ހަމަލާގައި 50 މުސްލިމަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާއަށް ފަހު ނިއު ޒިލެންޑުން ހުރިހާ ބާވަތެއްގެ އެސަލްޓް ރައިފަލް ގެންގުޅުން މަނާކޮށް ހުކުރު ނަމާދުގެ ބަންގި އެގައުމުގެ ގައުމީ ޓީވީ އަދި ރޭޑިޔޯއިން ވަނީ ގޮވާފައެވެ. އަދި ބުރުގާ އަޅައިގެން އެކަމަނާ ދެއްވި ހިތާބަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ. މިނޫންވެސް ހިތްހެޔޮ ގިނަ އަމަލުތަކެއް މިހަމަލާއާއި ގުޅިގެން ނިއު ޒިލެންޑުގެ ބޮޑުވަޒީރު އާރޑެންގެ ފަރާތްޕުޅުން ވަނީ ފެނިގެން ގޮސްފައެވެ. އާރޑެންއަށް ނޯބަލް ޕީސް ޕްރައިޒް ދޭން ބޭނުންވިނަމަވެސް އެ އިނާމަށް ދެން ނަން ހުށައެޅޭނީ މިއަންނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް