ހެލްމެޓަށް އަހުލުވެރި ކުރުވުމަށް ޖަރުމަނުގައި ހެދި އިސްތިހާރަކާއެކު ޓްރާންސްޕޯޓް މިނިސްޓަރު ހޫނުފެނަށް

ޖަރުމަނު ވިލާތުގައި ބައިސްކަލު ދުއްވާއިރު ހެލްމެޓު އެޅުމަށް އަހުލުވެރި ކުރުވުމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހެދި އިސްތިހާރެއްގެ މައްސަލަ ގޯސްވެއްޖެއެވެ. އެ އިސްތިހާރުގައި އެ ގައުމުގެ މަޝްހ...

25 Mar 2019 | 11:42

ޖަރުމަނު ވިލާތުގައި ބައިސްކަލު ދުއްވާއިރު ހެލްމެޓު އެޅުމަށް އަހުލުވެރި ކުރުވުމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހެދި އިސްތިހާރެއްގެ މައްސަލަ ގޯސްވެއްޖެއެވެ.

އެ އިސްތިހާރުގައި އެ ގައުމުގެ މަޝްހޫރު މޮޑެލެއް ހެލްމެޓެއް އަޅައިގެން އިންނަ މަންޒަރު ދައްކާފައިވެއެވެ. އެ މޮޑެލް އިނީ ދިވެހި މިންގަނޑުން ބުނާނަމަ ބަރަހަނާ ހާލުގައެވެ. އިސްތިހާރުގައި ލިޔެފައިވައިވާ މެސެޖުގައި ބުނެފައިވަނީ "ބަލާ ބެލުމަށް ހެލްމެޓް ޝި** ކަމަށާއި ނަމަވެސް ފުރާނަ ސަލާމަތް ކޮށްދޭ ކަމަށެވެ.

މި އިސްތިހާރު އާންމު ކުރުމަށް ތައްޔާރުވަމުން އަންނަނީ މާދަމާއެވެ. ނަމަވެސް މި އިސްތިހާރުގެ މައްސަލަ މިހާރު ބޮޑުވެ އެ ގައުމުގެ ބައެއް ޖަމިއްޔާތަކުން އަންނަނީ މި އިސްތިހާރު އާންމު ނުކުރުމަށް ގޮވާލަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރުގެ މި އަމަލު ކުށްވެރިކޮށް އެ ގައުމުގެ ފެމިލީ މިނިސްޓަރުވެސް ބަޔާނެއް ނެރެފައިވެއެވެ. އޭނާ ބުނެފައިވަނީ ފުލް ހެދުމުގައިވެސް ހެލްމެޓު އަޅައިގެން ހުރެ ނަގާ ފޮޓޯއަކުން ދޭން ބޭނުންވާ މެސެޖު ދެވިދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް