ރޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ގޯސްވެ އޭޑީކޭ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ހައިވޭ މަތިން އެކްސިޑެންޓް ވެގެން ރޭގައި މީހަކު ގެނައި ކަމަށާއި، އެމީހާގެ ހާލު ސީރިއަސްވެ މިވަގުތު ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވިއެވެ.
މަންޒަރު ފެނުން ފަރާތަކުން ބުނެފައިވަނީ އެކްސިޑެންޓްގައި އަނިޔާވި މީހާ ހެލްމެޓް އަޅައިގެން އިން ނަމަވެސް ސައިކަލުން ވެއްޓި ހެލްމެޓް ވިއްސައިގެން ދިޔަ ކަމަށެވެ.
އަދި މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލެއް ޕިކަޕެއްގެ ކުރިއަށް އަރަން އުޅުމުގެ ތެރޭގައި ދެ ސައިކަލް ޖެހިގެން ކަމަށް ވެސް މަންޒަރުދުށް ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް