ފައިޒަލް ސިންގަލްއެއް ނޫން

ޑާންސް އިންޑިއާ ޑާންސް އިން މަޝްހޫރުކަން ހޯދި ތަރި، އަދި ޓީވީ އެކްޓަރު ފައިޒަލް ޚާން ސިންގަލް ނޫންކަމަށް އޭނާ ބުނެފިއެވެ. އިންޑިއާގެ މީޑިއާއެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ މޮޑެލްއެއް ކަމ...

25 Mar 2019 | 09:14

ޑާންސް އިންޑިއާ ޑާންސް އިން މަޝްހޫރުކަން ހޯދި ތަރި، އަދި ޓީވީ އެކްޓަރު ފައިޒަލް ޚާން ސިންގަލް ނޫންކަމަށް އޭނާ ބުނެފިއެވެ.

އިންޑިއާގެ މީޑިއާއެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ މޮޑެލްއެއް ކަމުގައިވާ މުސްކާނާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ފައިޒަލް ވަނީ މީޑިއާގައި އެއްބަސްވެފައެވެ. އަދި އިއްޔެ އޭނާ ވަނީ ދެމީހުގެ ފޮޓޯއެއް އިންސްޓަގްރާމަށްވެސް ލައިފައެވެ.

އުމުރުން 21 އަހަރުގެ ފައިޒަލް ބުނީ، ލޯތްބަކީ ވަކި އުމުރެއްގައި ވެވޭ އެއްޗެއް ނޫންކަމަށެވެ. މުސްކާންއާއި އެކީ ދިރިއުޅުމެއް ފަށަން ބޭނުންވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފައިޒަލްގެ އާއިލާއިންވެސް މި ގުޅުމާ ރުހޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ފައިޒަލް މި ގުޅުމަށް އެއްބަސްވެފައިވަނީ، މީޑިއާތަކުގައި އެ ދެމީހުންގެ ގުޅުމާ ބެހޭގޮތުން އެތައް ވާހަކައެއް ފަތުރާފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް