ބިދޭސީންގެ ވޯކްވިސާ ފީގެ ގޮތުގައި 6000 ރުފިޔާ ދައްކަން ޖެހޭނެ: އިމިގްރޭޝަން

ބިދޭސީންގެ ވޯކް ވިސާ ފީގެ ގޮތުގައި 6000 ރުފިޔާ ދައްކަން ޖެހޭނަކަމަށް އިމިގްރޭޝަން އިން ބުނެފިއެވެ. އިމިގްރޭޝަން އިން މިހެން ބުނެފައިވަނީ، ބިދޭސީންގެ ވިސާއާއި ބެހޭ ގާނޫނު އިސްލާހުކޮށް ގަވާއިދާ އެއްގޮތަ...

25 Mar 2019 | 09:00

ބިދޭސީންގެ ވޯކް ވިސާ ފީގެ ގޮތުގައި 6000 ރުފިޔާ ދައްކަން ޖެހޭނަކަމަށް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަން އިން މިހެން ބުނެފައިވަނީ، ބިދޭސީންގެ ވިސާއާއި ބެހޭ ގާނޫނު އިސްލާހުކޮށް ގަވާއިދާ އެއްގޮތަށް ބަދަލުކުރުމުގައި ދައްކަންޖެހޭ ފީ ނުނަގާގޮތަށް ހަމަޖެއްސުމަށްފަހު، އެ އިސްލާހު ނެގުމަށްފަހުގައެވެ.

އިމިގްރޭޝަން އިން ބުނެފައިވަނީ އެ އިސްލާހަށް ބަދަލު ގެނެވުނުއިރު އިމިގްރޭޝަނުގެ މެންޑޭޓަށް ބަދަލު އައިސްފައިވާ ކަމަށާއި އިމިގްރޭޝަނުން ކުރަމުން ދިޔަ ބައެއް މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިމިގްރޭޝަނުގެ މެންޑޭޓަށް އައި ބަދަލާއެކު ވޯކް ވިސާ ގަވާއިދަށް ގެނައި އިސްލާހުގައި ފުށުއެރުންތައް އެބަހުރި ކަމަށާއި، އެހެންކަމުން އެ އިސްލާހު ބާތިލް ކުރަން ނިންމާފައިވާ ކަމަށްވެސް އިމިގްރޭޝަން އިން ވަނީ ބުނެފައެވެ.

އަދި ކުރިންވެސް ކުރިޔަށްދިޔަ ގޮތަށް، ބިދޭސީންގެ ވޯކްވިސާގެ ގޮތުގައި އިމިގްރޭޝަންއަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް