ރިސޯޓުތަކާއި ޖަލުތަކަށް އޮބްޒާވަރުންނާއި މޮނީޓަރުން ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި، ސިނާޢީ ސަރަހައްދުތައް، އަދި ޖަލުތަކުގައި ޙަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކ...

25 Mar 2019 | 08:34

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި، ސިނާޢީ ސަރަހައްދުތައް، އަދި ޖަލުތަކުގައި ޙަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ފަރާތްތަކަށް ނަގާ އޮބްޒާވަރުންނާއި މޮނީޓަރުންގެ ހުއްދަ ނަގަން ޖެހޭތީ، އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މި ތަންތަނުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.

މިކަމަށް ބޭނުންވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ މޯބައިލް ނަންބަރު ހިމެނޭ ސިޓީއެއް 31 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އީސީއަށް ހުށަހެޅުމަށް އެ އިއުލާނުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް