ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ މައްސަލަ ބުދަ ދުވަހު

މާލެ ސިޓީ ކައުންސިލް މެންބަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑު ކުރުމާމެދު، މާލިއްޔަތު ކޮމިޓީގެ ނިންމެވުމަށް ގޮތެއް ނިންމުމަށް އަންނަ ބުދަދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލްކޮށްފިއެވެ. އިދާރީ ...

25 Mar 2019 | 06:52

މާލެ ސިޓީ ކައުންސިލް މެންބަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑު ކުރުމާމެދު، މާލިއްޔަތު ކޮމިޓީގެ ނިންމެވުމަށް ގޮތެއް ނިންމުމަށް އަންނަ ބުދަދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލްކޮށްފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ރައީސަށް ލިބިދޭ އިޙްތިޔާރުން، ސިޓީ ކައުންސިލްތަކަށް ބާރުތައް ދެއްވުމާއި ގުޅިގެން މެންބަރުންގެ މުސާރައާއި އިނާޔަތްތައް މުރާޖައާކޮށް، މާލިއްޔަތު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ބުދަ ދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ސިޓީ ކައުންސިލްގެ މުސާރަ މުރާޖައާކޮށް ސިޓީ ކައުންސިލް މެމްބަރުންގެ މުސާރައާއި އިނާޔަތް ބޮޑު ކުރުމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް