ހުރިހާ އަތޮޅެއްގައިވެސް މެންޓަލް ހެލްތް ކެއާ ކޯޑިނޭޓަރެއް ބައިތިއްބުމަށް ސަރުކާރުން ނިންމައިފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްގައި "ސެންޓާ ފޯ މެންޓަލް ހެލްތު" މަރުކަޒު ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދައްކަން ނަންނޯޓް ކުރާ މީހުންގެ ވެއިޓް ލިސްޓް އެހާ ދިގު ކަމަށާއި ބޭނުންވާ ބޭސް ލިބުމުގެ ދަތިކަންވެސް ބޮޑު ކަމަށެވެ. އަދި މުޖުތަމައުގެ ތެރޭގައި ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން ވާހަކަދެއްކުމަކީވެސް ފަސޭހަ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ނަފްސާނީ ބަލި ތަހައްމަލް ކުރަމުންދާ މީހުން ފަރުވާ ހޯދުމަށް އުޅޭ ހިތްދަތި ހާލާއިމެދު ދެރަވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއަދަކީ ރައްޔިތުން އުފާ ކުރަން ޖެހޭ ދުވަހެއް ކަމަށާއި، މި ސެންޓަރުގެ ބޭނުމަކީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމް ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް