ބައްޕަ ފަދައިން ތައިމޫރަކީ ވެސް ފޮތް ކިޔާހިތްވާ ކުއްޖެއް

ބޮލީވުޑްގެ މަޝްހޫރު ދެތަރިންކަމުގައިވާ ކަރީނާ ކަޕޫރު އަދި ސައިފް އަލީ ޚާންގެ ދަރިފުޅު، ތައިމޫރު އަލީ ޙާން އަކީވެސް ބައްޕަ ސައިފް ފަދައިން ފޮތް ކިޔާހިތްވާ ކުއްޖެއް ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ...

25 Mar 2019 | 05:18

ބޮލީވުޑްގެ މަޝްހޫރު ދެތަރިންކަމުގައިވާ ކަރީނާ ކަޕޫރު އަދި ސައިފް އަލީ ޚާންގެ ދަރިފުޅު، ތައިމޫރު އަލީ ޙާން އަކީވެސް ބައްޕަ ސައިފް ފަދައިން ފޮތް ކިޔާހިތްވާ ކުއްޖެއް ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ޕަޕަރާޒީއެއް ނަގައިފައިވާ ފޮޓޯ ތަކަކުން ފެންނަނީ ތައިމޫރު މަގުމަތީގައި ހިނގާފައި ދިޔައިރު ކޮމިކް ފޮތެއް ބަލަމުން ދިޔަ މަންޒަރެވެ. އަދި ހިނގަމުން ދިޔައިރު ފަހަރަކު ގަނޑަކަށް އުކަމުން ދިޔަ މަންޒަރުވެސް ފެނެއެވެ.

ސައިފްގެ ބޮޑު އަންހެން ދަރިފުޅު ސާރާ އަލީ ޚާން އަކީވެސް ފޮތް ކިޔާހިތްވާ ކުޖެއްކަމަށް ކުރިން ސައިފް ވަނީ ބުނެފައެވެ. އިންޑިއާގެ ރިޕޯޓްތައް ބުނާ ގޮތުން މި އާއިލާ އަކީ ފޮތަށް ލޯބިކުރާ އާއިލާއެއް ކަމުގައެވެ. ތައިމޫރުގެ މި ފޮޓޯތައް ވަނީ އިންޑިއާގެ ގިނަ މީޑިއާތަކަކު ވައިރަލް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް