އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަން ނިމިއްޖެ

ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 40 ވަނަ ސެޝަން ނިމިއްޖެ އެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުގައެވެ. ރާއްޖެއިން...

25 Mar 2019 | 04:49

ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 40 ވަނަ ސެޝަން ނިމިއްޖެ އެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުގައެވެ.

ރާއްޖެއިން މި ސެޝަންގައި ބައިވެރިވުމަށް ވަޑައިގެން ވަފުދުގައި އިސްކޮށް ހުންނެވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިނިސްޓަރ ޝާހިދު ވަނީ މި ސެޝަންގައި ތަގުރީރުކުރައްވާފައެވެ. މިނިސްޓަރުގެ ތަގުރީރުގައި ވިދާޅުވީ، ރާއްޖޭގެ ސަރުކާރުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ދިވެހިންނަށް ލިބިފައިވާ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މި ސެޝަންގައި މިނިސްޓަރު ޝާހިދު ވާހަކަދެއްކެވިއެވެ.

މި ސެޝަންގައި ރާއްޖެއިން ވަނީ 21 ސްޓޭޓްމަންޓް ދީފައެވެ. މީގެ އިތުރުން ސެޝަންގައި ފާސްކުރި 29 ގަރާރުގެ މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެއިން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް