ސާކް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަންއިން އިންތިޒާމް ކޮށްގެން ބާއްވާ ފިލްމް މި ފިލްމް ފެސްޓިވަލް އންނާނީ އަންނަ މޭ މަހުގެ ހަރަކުން ބާރައަށް ސްރީލަންކާގައެވެ.
ނެޝެނަލް ސެންޓާ ފޯ އާޓްސް (އެންސީއޭއިން) ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ފިލްމް ފެސްޓިވަލްގައި 02 ކުރު ފިލްމާއި އަދި 02 ފީޗަރ ފިލްމު އަދި 01 މާސްޓަރ ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އެ ފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން 04 ފަރާތަކުން ބައިވެރިވެވޭނެ ކަމަށާއި، އަދި އެ ބޭފުޅުން ލަންކާގައި ތިބުމާއި އަދި އެ ގައުމުގައި ދަތުރުފަތުރު ކުރުމުގެ ހުރިހާ ހަރަދެއް އެ ފެސްޓިވަލް އިންތިޒާމްކުރާ ފާރާތްތަކުން ހަމަޖައްސައިދޭނެ ކަމަށްވެސް މި އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.
އެންސީއޭއިން ބުނީ އެ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފަރާތްތަކުން އަންނަ މަހު ތިން ވަނަ ދުވަހުގެ 13:30 ގެ ކުރިން އެ ސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް