ފުވައްމުލަކުގައި އިއްޔެ ފަތިހު ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖަކު ޒަހަމްކޮށްލި މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުންބުނެއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ ފަތިހު 05:50 ހާއިރު ފުވައްމުލަކު މާދަނޑު ގެސްޓްހައުސްއެއްގެ ކުރިމަތިން ތޫނު އެއްޗަކުން ހަމަލާދީ ޒަހމްކޮށްލާފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
އެ ކުއްޖާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާދެމުން އަންނައިރު ކުއްޖާގެ ބޮލަށާއި އަތަށް ހަމަލާދީފައިވާކަމަށް ބުނެފައިވެއެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ނޫންކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް