ރިސޯޓްދާއިރާގައި ވަޒީދާ އަދާކުރަން ޝައުގުވެރިވެލައްވާ ކަމުގައިވަނީނަމަ މިއޮތީ ރަނުގެ ފުރުސަތެކެކެވެ. މި އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ޖޯލި މޯލްޑިވްސް ރިސޯޓުން މާލޭގައި "ރެކްރޫޓްމެންޓް ޑޭ" އޭއް މާލޭގައި އަދި ރ އަތޮޅުގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
"ފުރަތަމަ ހަރަކާތް އޮންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ރ އުނގޫފާރުގައި، މި ހަރަކާތް އޮންނާނީ އެ ރަށު ގާޒީ މަގުގައި ހުންނަ ޖަމިއްޔަތުއްސައިފް މަރުކަޒުގައި ހެނދުނު 09:00 އިން ހަވީރު 05:00 އަށް ، މާލޭގައި މި ހަރަކާތް އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ރަށްދެބައިމަގުގައި ހުންނަ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި، އެދުވަހުވެސް ހެނދުނު 09:00 އިން 05:00 އަށް މި ހަރަކާތް ކުރިއަށްދާނެ" ޖޯލި މޯލްޑިވްސް އިން މައުލޫމާތު ދެ އެވެ.
އެ ރިސޯޓުގައި ވަޒީފާގެ ފުރުސަތު އޮތް ކެޓަގަރީތަކުގެ ތެރޭގައި
- ފައިނޭންސް ދާއިރާ
- ހައުސްކީޕިންގ ދާއިރާ
- ފްރޮންޓް އޮފީސް ދާއިރާ
- ހިއުމަން ރިސޯސަސް ދާއިރާ
- ރިކްރިއޭޝަން ދާއިރާ
- ރީޓެއިލް ދާއިރާ
- ސެކިއުރިޓީ ދާއިރާ
- ސްޕާ
- ލޭންޑްސްކޭޕް ދާއިރާ
- މެއިންޓެނަންސް ދާއިރާ
- ބަދިގެ
- ފުޑް އެންޑް ބެވަރެޖެސް ދާއިރާ
- މާކެޓިން އެންޑް ރިޒަވޭޝަންސް ދާއިރާ
މި ހުރިހާ ދާއިރާއެއްގައިވެސް ވަޒީފާގެ ފުރުސަތު އެ ރިސޯޓުގައި އޮތްއިރު މި ހުރިހާ ފުރުސަތު ތަކަކަށް ކުރިމަތިލެވޭނެ އިންތިޒާމް "ރެކްރޫޓްމެންޓް ޑޭ" ތެރެއިން ހަމަޖެހިފައިވާކަމުގައިވެސް އެ ރިސޯޓުން ހާމަ ކުރެ އެވެ.
ވަޒިފާ ކަށަވަރު ވެއްޖެ ނަމަ ރަނގަޅު މުސާރައަކާއި ސާވިސް ޗާޖުގެ އިތުރުން ފެންވަރު ރަނގަޅު އެކޮމޮޑޭޝަން އަދި ސްޓާފުންނަށް ހާއްސަ ރެކްރިއޭޝަން ފެސިލިޓީސްތަކުގެ ފުރުސަތު ލިބިގެންދާނެ ކަމުގައިވެސް ޖޯލި މޯލްޑިވްސް ރިސޯޓުން ހާމަކުރެ އެވެ.
ޖޯލި މޯލްޑިވްސް ރިސޯޓަކީ ރ އަތޮޅުގެ މުރަވާދޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓެކެވެ. އަލްޓްރާ ލަގްޒަރީ ކެޓަގަރީގެ މި ރިސޯޓު މި އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވުމަށް ރިސޯޓްގެ މެނޭޖްމަންޓުން އަންނަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް