މާލޭ ވިޔަފާރި ބަނދަރާއި ޓީޖެޓީން ހަމަ އެކަނި ރޭގަނޑު މުދާ ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ބަދަލު ގެނައީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލޭ މަގުތަކުގައި މުދާ ބަރުކޮށްގެން ދުއްވާ އުޅަނދު ފަހުރު ދުއްވުން ދުވާލު ގަޑީގައި މަނާކުރަން ހަމަޖެހިފައިވާތީ އެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް)ގެ ސީއީއޯ އަބްދުއް ރައްޒާގް ހަލީމް ވިދާޅުވީ ރޭގަނޑު ދޫކުރާނީ މާލެ ތެރެއަށް ގެންދާ މުދާ ކަމަށެވެ. އެކަމަކު ދުވާލު ގަޑީގައި އެ ސަރަހައްދުތަކުން ދޯނި ފަހަރަށް މުދާ ބަރުކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދެ ބަނދަރުން މުދާ ދޫކުރާ އުސޫލަށް މި ގެނައި ބަދަލަށް ވިޔަފާރިވެރިން އަހުލުވެރި ކުރުމުގެ ގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ގަވައިދުގައި ބުނެފައިވަނީ މުދާ ބަރުކޮށްގެން މާލެ ތެރޭގައި ބޮޑެތި ޕިކަޕުތަކަށް ދަތުރުކުރެވޭނީ ރޭގަނޑު 10:00 ން ހެނދުނު 6:00 އާ ދެމެދު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް