ސްކޫލް ކުދިންގެ ޤުރުއާން މުބާރާތް ފަށައިފި

ސްކޫލްތަކުގެ ޤުރުއާން މުބާރާތް ފެށިއްޖެ އެވެ. ޖުމްލަ 443 ދަރިވަރުން ބައިވެރިވި މިއަހަރުގެ މުބާރާތުގައި 269 އަންހެން ދަރިވަރުންނާއި 174 ފިރިހެން ދަރިވަރުން ބައިވެރިވި އެވެ. މި މުބާރާތުގައި 73 ސްކޫލަކުނ...

25 Mar 2018 | 06:49

ސްކޫލްތަކުގެ ޤުރުއާން މުބާރާތް ފެށިއްޖެ އެވެ.

ޖުމްލަ 443 ދަރިވަރުން ބައިވެރިވި މިއަހަރުގެ މުބާރާތުގައި 269 އަންހެން ދަރިވަރުންނާއި 174 ފިރިހެން ދަރިވަރުން ބައިވެރިވި އެވެ. މި މުބާރާތުގައި 73 ސްކޫލަކުން ބައިވެރިވި އެވެ.

މުބާރާތް ކުރިޔަށް ގެންދަނީ ހިތުން ކިޔެވުމުގެ ބަޔާއި، ފޮތުން ބަލައިގެން ކިޔެވުމުގެ ބައި އަދި ހާފިޒު ކަމުގެ ބަޔަށް ބަހާލައިގެންނެވެ. ހާފިޒު ކަމުގެ ބައިގަ ފަސް ކުދިން ބައިވެރިވެފައިވާއިރު ހިތުން ކިޔެވުމުގެ ބައިގަ އާއި ބަލައިގެން ކިޔެވުމުގެ ބައިގަ ބައިވެރިވެފައިވަނީ 219 ކުދިންނެވެ.

މި މުބާރާތަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރްއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރުދިނުމާއި، ޤާރީންނާއި ހާފިޒުން އުފެއްދުމާއި، ބައިނަލްއަގުވާމީ މުބާރާތްތަކަށް ބޭނުންވާ ދަރިވަރުން އުފެއްދުމެވެ.

މުބާރާތުގައި ކިޔެވުމަށް ހަމަޖެހިފައިވާ ތިން ބައިން ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު ވަކިވަކި ބައިތަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވެ އެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު ތިން ދަރިވަރުން ހޮވާނެ އެވެ.

މުބާރާތުގެ ކިޔެވުން ކުރިޔަށް ގެންދަނީ އިއްޔެއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް