ފުލުހުންނާ ގުޅޭ ވީޑިއޯ ހެދި މައްސަލައިގަ ހައްޔަރު ކުރި މީހަކު ދޫކޮށްލައިފި

ފުލުހުން ކަމަށް ބުނެ ޔުނީފޯމު ލައިގެން ތިބެ ސަރުކާރަށް އިންޒާރުދޭ ވީޑިއޯތަކެއް ހެދި މައްސަލައިގަ ހައްޔަރު ކޮށްފައިވާ މީހަކު ދޫކޮށްލައިފި އެވެ. ދޫކޮށްލީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރ...

25 Mar 2018 | 02:04

ފުލުހުން ކަމަށް ބުނެ ޔުނީފޯމު ލައިގެން ތިބެ ސަރުކާރަށް އިންޒާރުދޭ ވީޑިއޯތަކެއް ހެދި މައްސަލައިގަ ހައްޔަރު ކޮށްފައިވާ މީހަކު ދޫކޮށްލައިފި އެވެ.

ދޫކޮށްލީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ހަސަން އިސްމާއީލް އެވެ. އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުންނެވެ.

އޭނާގެ ގާނޫނީ ވަކީލު މީޑިއާގައި ވިދާޅުވެފައިވަނީ ކޯޓުން ހަސަން އިސްމާއިލް ދޫކޮށްލީ އޭނާ އާއި ދެކޮޅަށް އެއްވެސް ހެތްކެތް ނެތުމުން ޝަރުތަކާއި ނުލާ ކަމަށެވެ.

މި މައްސަލައިގަ ދެން ހައްޔަރު ކުރީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް (ސަމްޕަތު) އާއި ޕްރޮގުރާމް ހެޑު އާމިރު ސަލީމް އެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ވަނީ 10 ދުވަހަށް އިތުރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް