ކޮރޯނާ ވައިރަހަށް ރާއްޖެއިން މިހާރު ފޮލޯ ކުރަމުން އަންނަ ޕްރޮޓޮކޯލްގެ ދަށުން ދެ ދިވެއްސަކު ކަރަންޓީނު ކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން ހެލްތު މިނިސްޓްރީގެ މީޑިއާއިން ދިވެހި މީޑިއާތަކަށް މައުލޫމާތުދެއްވަމުން މިރޭ ވިދާޅުވީ އެ ދެ ދިވެހިންނަކީ ޗައިނާއިން ރާއްޖެ އައި ދެ ދިވެއްސަކު ކަމަށެވެ. އަދި އެ ދެ ދިވެހިން ކަރަންޓީނު ކޮށްފައިވަނީ މިކަމުގައި ރާއްޖެއިން ފޮލޯ ކުރަމުން އަންނަ ޕްރޮޓޮކޯލް ދަށުން ކަމަށެވެ.
"މި ޕްރޮޓޮކޯލްގައިވާގޮތުން ޗައިނާއިން ދިވެއްސަކު އަންނަ ނަމަ، އަދި އެއީ ދިވެއްސެއް ނަމަ ރާއްޖެ އެތެރެ ކުރާނެ، ނަމަވެސް 14 ދުވަހުގެ ކަރަންޓީނު ޕްރޮސެސް އެއް ކުރިއަށްދާނެ" ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
މި މައުލޫމާތާއެކު ހެލްތު މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އެންމެ ތާޒާކަމާއެކު ސިއްރު ކުރުމެއްނެތި ދިވެހި ރައްޔިތުންނަށް އެ މިނިސްޓަރީން ފޯރުކޮށްދެއްވާނެ ކަމަށެވެ.
މިދިޔަ ޑިސެމްބަރުން ފެށިގެން ޗައިނާއިން ފެނި އެ ގައުގައި ފެތުރި އެ ގައުމުގައި އެތައް ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ޕޮޒިޓިވްވެ އަދި މިހާރު ޔޫރަޕަށާއި މެދުއިރުމައްޗަށްވެސް ފެތުރިފައިވާ ކޮރޯނާ ވައިރަހަށް ރާއްޖެއިންވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް