ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އުމުރުން17 އަހަރުގެ ދޮން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ދޮން ބައްޕަ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ރޭ9:20 އެހާއިރު ކަމަށެވެ. މި މައްސަލަ ހުށަހެޅި ކ، އއ، އދ އަދި ވ އަ...

25 Feb 2020 | 06:31

އުމުރުން17 އަހަރުގެ ދޮން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ދޮން ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ރޭ9:20 އެހާއިރު ކަމަށެވެ. މި މައްސަލަ ހުށަހެޅި ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށަކުންނެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތު ކުރެވެނީ32 އަހަރުގެ ދޮންބައްޕަ އެވެ. ފުލުހުން ބުނީ އެ މައްސަލައިގަ މިއަދު ހެނދުނު 9:50 ހާއިރު އެމީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް