ލަންކާގައި މަސްތުވާތަކެއްޗާއި އެކު ދެ ދިވެހިން ހައްޔަރުކޮށްފި

ސްރީލަންކާގައި މަސްތުވާތަކެއްޗާއި އެކު ދެް ދިވެހިން ހައްޔަރުކޮށްފި އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ދެހިވަލަ އިންނެވެ. އެމީހުންނާއި އެކު ލަންކާ ހަތަރު މީހަކު ހައްޔ...

25 Feb 2020 | 06:14

ސްރީލަންކާގައި މަސްތުވާތަކެއްޗާއި އެކު ދެް ދިވެހިން ހައްޔަރުކޮށްފި އެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ދެހިވަލަ އިންނެވެ. އެމީހުންނާއި އެކު ލަންކާ ހަތަރު މީހަކު ހައްޔަރު ކުރި ކަމަށްވެ އެވެ. ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި ހައްޔަރު ކުރި ހަ މީހުންގެ ތެރޭގައިތިން ދިވެހިން ހިމެނެ އެވެ.

ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއިން ރޭ ހިންގި އޮޕަރޭޝަނެއްގައި އެ ހަމީހުންގެ އަތުން4.2 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފަވެއެވެ. އަދި އެމީހުން ބޭނުން ކުރަމުންދިޔަ ދެ ކާރެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ލަންކާ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާގޮތުގައި ހައްޔަރުކޮށްފައިވަނީ26 އަހަރާއި28 އަހަރާ ދެމެދުގެ މީހުންނެވެ. އެމީހުންގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރު ކުރާނެ އެވެ.

އެންމެ ގިނަ އަދަދަކަށް ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ ގައުމަކީ ލަންކާއެވެ. ދޭތެރެ ދޭތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ދިވެހިން ލަންކާ ފުލުހުން ހައްޔަރު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް