އަހަރީ އާންމު ޖަލްސާގައި ލާނީ އިލެކްޓްރޯނިކް ވޯޓެއް: އުރީދޫ

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު ނެގުމަށް ބޭއްވީ އިންތިހާބުގައި ލާނީ އިލެކްޓްރޯނިކް ވޯޓެއް ކަމުގައި އުރީދޫއިން ބުނެފިއެވެ. އުރީދޫއިން...

25 Feb 2020 | 01:23

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު ނެގުމަށް ބޭއްވީ އިންތިހާބުގައި ލާނީ އިލެކްޓްރޯނިކް ވޯޓެއް ކަމުގައި އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން މިހެން ބުނެފައިވަނީ އެ ކުންފުނިން 2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާއާ ގުޅޭ ގޮތުން ނެރެފައިވާ އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވާ "އެޖެންޑާ އައިޓަމް 10: އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުން" ގެ ވޯޓުލުން ކުރިއަށް ދާނީ އިލެކްޓްރޮނިކް ވޯޓިންގ (އީ-ވޯޓިންގ) ގެ ގޮތުގައި ކަމުގައި އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

"މިގޮތަށް ވޯޓުދިނުމުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރެއްގެ ގޮތުގައި އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ވޯޓު ލިބިވަޑައިގަންނަވާނެއެވެ. " އެ އިއުލާނުގައި ބުނެފައިވެއެވެ.

އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާއި، އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors އިން ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް