ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލަށް، ވޯޓަށް އެހޭ އަދަދަށް މެންބަރުން ހާޒިރުނުވެގެންވޯޓަށް ނާހާ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.
މީގެ ކުރިން ވެސް އެ ބިލަށް ވޯޓަށް އަހަން މަސައްކަތް ކުރި ނަމަވެސް އެ ފަހަރުވެސް ކޯރަމް ހަމަނުވެގެން އެ ބިލަށް ވޯޓަކަށް ނޭހުނެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު އިއުލާން ކުރެއްވި ގޮތުގައި ބިލެއް ފާސްކުރުމަށް ވޯޓަށް އެހޭނީ 43 މެންބަރުން ފްލޯގައި ތިބެގެން އެވެ. އެހެން ނަމަވެސް، ފްލޯގައި ތިއްބެވީ، 42 މެންބަރުން ކަމަށް ގާސިމް އިއުލާން ކުރެއްވި އެވެ.
ޮ
ސަރުކާރު ކޯލިޝަނުގެ މެޖޯރިޓީ މަޖިލީހުގައި އޮވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭން ސަރުކާރަށް ނިސްބަތްވާ މެމްބަރުން މިއަދުގެ ޖަލްސާއަށް ހާޒިރު ނުވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވެސް ސަރުކާރު ކޯލިޝަނުގެ އެންމެއިސް އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް