ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް އާސަންދައިގެ ޙިދުމަތާއި އެންސްޕާގެ ޙިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އައިޖީއެމްއެޗުގައި ޑިސްޕެޗް ކައުންޓަރެއް ގާއިމްކޮށްފިއެވެ.
ހިދުމަތް ފައްޓަވައި ދެއްވާ ނޫސްވެރިންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ޒަމާންތަކެއް ވަންދެން ބަލި މީހުންނާއި އެ ފަރާތްތަކުގެ އެހީތެރިން އާސަންދައާއި އެންސްޕާއިން ހިދުމަތް ހޯދުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ނާޒުކު ހާލަތުތަކުގައި އެއް އޮފީހުން އަނެއް އޮފީހަށް ދިޔުމަކީ ވަގުތާއި ދަތުރުފަތުރުގެ ގޮތުން އުނދަގޫކަމެއް ކަމަށް ޝިދާތާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މި ފަދަ އަސާސީ ހިދުމަތްތައް ލުއިފަސޭހަ ކަމާއެކު އެއްތަނަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި ޤާއިމްކުރި މި ޑިސްޕެޗް ކައުންޓަރު މެދުވެރިކޮށް މިއަދުންފެށިގެން އާސަންދަ އާއި އެންސްޕާގެ ޙިދުމަތައް އެދޭ ފޯމްބަލައިގަތުންފަދަ ކަންކަން ކުރިއަށްގެންދާނެއެވެ. މީގެ އިތުރުން އާސަންދައާއި އެންސްޕާގެ ޙިދުމަތްތަކާއި ގުޅޭ އެނޫންވެސް މައުލޫމާތުތައް މިއަދު ތައާރަފްކުރި ކައުންޓަރުން ލިބިގެންދާެއެވެ.
މި ކައުންޓަރުން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 ރޭގަނޑު 21:00އަށެވެ. އަދި މި ކައުންޓަރުގައި ހަރަކާތްތެރިވަމުންދާނީ އާސަންދައާއި އެންސްޕާގެ މުވައްޒަފުންނެވެ.
މި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީ އާއި އާސަންދައިގެ އިތުރުން އެންސްޕާއާއި އައިޖީއެމްއެޗްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް