މި އަހަރަކީ ސްމާޓް ފޯނުގެ ދުނިޔޭގައި ފަތް ޖަހާލެވޭ ފޯނުގެ އަހަރެކޭ ބުނެވިދާނެއެވެ. ސޭމްސަންގް ކުންފުނިން އެ ކުންފުނީގެ ފަތް ޖަހާލެވޭ ފޯނު ދައްކާލިތާ ހަފްތާއެއް ނުވަނީސް ވާވޭ އިން މި ވަނީ އެ ކުންފުނީގެ ފަތް ޖަހާލެވޭ ފޯނު ދައްކާލާފައެވެ.
ވާވޭގެ މިފޯނަކީވެސް 5ޖީ ޓެކްނޮލޮޖީ ހިމަނައިގެން ނެރޭ ފޯނެކެވެ. އަގަކީ 2299 ޔޫރޯ ނުވަތަ 3523 ޑޮލަރެވެ. މި މޮޑެލަށް ދީފައިވާ ނަމަކީ ވާވޭ މޭޓް އެކްސް އެވެ.
މި ފޯނާއި ބެހޭގޮތުން މައުލޫމާތުދެމުން ވާވޭއިން ބުނެފައިވަނީ ދެ ފަރާތުން ޑިސްޕްލޭ އެކުލެވޭ މި ފޯނު ހުލުވާލުމުން އަށް އިންޗީގެ ޓެބްލެޓް ޑިސްޕްލޭއަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.
މި ފޯނުގެ ސްޕެސިފިކޭޝަނަށް ބަލާލާއިރު ޑިސްޕްލޭއަކީ އެމޯލެޑް 16މިލިޔަން ކަލާސްގެ ޑިސްޕްލޭއެކެވެ. އޯއެސްއަކީ އެންޑްރޮއިޑް 9.0 ޕައި އެވެ. އިންޓާނަލް މެމޮރީ އަކީ 512 ޖީބީ އެވެ. ރޭމްގެ ސައިޒަކީ 8 ޖީބީއެވެ.
މި ފޯނު ވިއްކަން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް