ދަތިވާ ގޮތަށް ޕާކު ކުރާނަމަ މިއަދުން ފެށިގެން ސްޓިކާ ޖަހަން ފަށަނީ

ދަތިވާ ގޮތަށް ޕާކު ކުރާނަމަ މިއަދުން ފެށިގެން ސްޓިކާ ޖަހަމުންދާނެ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ ގަވާއިދާއި ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގެ ސަބަބުން މަގު ބޭނުންކުރާ އެހެން ފަރާތް...

25 Feb 2019 | 07:04

ދަތިވާ ގޮތަށް ޕާކު ކުރާނަމަ މިއަދުން ފެށިގެން ސްޓިކާ ޖަހަމުންދާނެ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ގަވާއިދާއި ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގެ ސަބަބުން މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތި ތަކާއި ކުރިމަތިވެ، އެކަމުގެ ޝަކުވާ އިތުރުވަމުންދާތީ މިއަދުން ފެށިގެން، ފާހަގަކުރާ ބައެއް ތަންތަނުގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ޕާކިން ވަޔޮލޭޝަން ސްޓިކާ ޖަހަމުންދާނެކަމަށެވެ.

އެގޮތުން މިސްކިތްތަކުގެ ކައިރީގައްޔާއި ކަފިހުރަސް އަދި ދުވާރުގައްޔާއި މަގު އަދި ގޯޅިތަކުގެ ކަންމަތީގައްޔާއި ސްކޫލުތަކުގެ ކައިރީގައްޔާއި ހޮސްޕިޓަލްތައް ކައިރީގައްޔާއި ބޭންކުތައް ކައިރީގައްޔާއި ބޮޑުތަކުރުފާނު މަގު ތާރަ އަޅާފައިވާ ސަރަހައްދުގައްޔާއި ފުލުހުންގެ ކޯނު އަދި ބެރިކޭޑު ބެހެއްޓިފައިވާ ސަރަހައްދުތަކުގައްޔާއި ޑަބަލް ލައިން ދަމާފައިވާ ސަރަހައްދުތަކުގައި ޕާކު ކުރާނަމަ ޕާކިސް ވަޔޮލޭޝަން ސްޓިކާ ޖަހަމުންދާނެ ކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް