އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފި އެވެ.
އިންސާނީ ހައްގުތަކާއި ބެހޭ މިބައްދަލުވުމުގައި ޝާހިދު ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވަނީ، މާދަމާ ރާއްޖެ ގަޑިން އިރުއޮއްސި 6.00 ގައި ކަމަށް އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގައި، ދެ ރައީސުންނާއި ދެ ބޮޑު ވަޒީރުންގެ އިތުރުން ގިނަ ގައުމުތަކުގެ މިނިސްޓަރުންގެ ފެންވަރުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ފަހަރުގެ ބައްދަލުވުމުގައި، ދެކުނު ސޫދާނު، ސީރިއާ، ބުރުންޑީގެ އިތުރުން ފަލަސްތީނުގައި މިހާރުއޮތް ހާލަތު ބެއްލުމަށް ހަވާލުކޮށްފައިވާ އދ. އެކި ކޮމިޝަނުތަކުގެ ރިޕޯޓުތައް ހުށަހަޅަން ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން، މަރުގެ ހުކުން ތަންފީޒު ކުރުމާއެކު، މުހިންމު ހަ ކަމެއްގެ މައްޗަށް ގައުމުތަކުގެ މެދުގައި ބަހުސް ކުރުމަށްވެސް އެ ބައްދަލުވުމުގައި ވަނީ ތާވަލު ކުރެވިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް