އައްޑޫ ބިޒްނަސް ސެންޓަރއިން ވަގަށް ނެގި ތިޖޫރި ފެނިއްޖެ

މިމަހުގެ ފަސް ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމެންޓް ސެންޓަރުން ވަގަށް ނެގި ތިޖޫރީ ފެނިއްޖެއެވެ. ފުލުހުން ބުނީ އެތިޖޫރީ ފެނުނީ ހިތަދޫ ރިޖަނަލް ހޮސްޕި...

25 Feb 2019 | 05:12

މިމަހުގެ ފަސް ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމެންޓް ސެންޓަރުން ވަގަށް ނެގި ތިޖޫރީ ފެނިއްޖެއެވެ.

ފުލުހުން ބުނީ އެތިޖޫރީ ފެނުނީ ހިތަދޫ ރިޖަނަލް ހޮސްޕިޓަލާ ދިމާ ފުއްޓަރު ފަރާތު ވަލުތެރެއިން ކަމަށެވެ. ފުލުހުން އެތަން ބަލާ ފާސްކުރީ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި ފެނުނު ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތެވެ.

އެތިޖޫރީ ވަގަށް ނެގިއިރު އޭގެ ތެރޭގައި 51000 އަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެމައްސަލައިގައި މިހާތަނަށް އެކަކުވެސް ހައްޔަރުކޮށްފައިނުވާ އެމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް