ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ފެރީ ޓާމިނަލްގެ ހިދުމަތް މާލެ-ހުޅުމާލޭ ފެރީ ޓާމިނަލަށް ބަދަލުކޮށްފި އެވެ.
އެއާޕޯޓް ފެރީގެ ހިދުމަތްދެމުން އަންނަ އެއާޕޯޓް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުން ބުނީ، އެއާޕޯޓަށް ދަތުރުކުރާ ފެރީ ރޭ ދަންވަރު 12:15 އިން ފެށިގެން މާލެ އިން ފުރާނީ މާލެ-ހުޅުމާލޭ ފެރީ ޓާމިނަލުން ކަމަށެވެ. ކުރިން އެއާޕޯޓަށް ދަތުރުކުރާ ފެރީތައް ފުރަމުން އައީ ޕޯސްޓް އޮފީސް ކުރިމަތިންނެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސިނަމާލޭ ބްރިޖު ހުޅުވާފައިވާއިރު ބްރިޖު ހުޅުވުމާއެކު ހުޅުމާލެއަށް ފެރީއިން ދަތުރުކުރާ ފަރާތްތައް ވަރަށް ބޮޑު ތަނުން މަދުވެ، މުޅި ޓާމިނަލް އެކީ އެކަށް މިހާރު އޮންނަނީ ހުސްކޮންނެވެ.
މިދިޔަ އަހަރު ސިނަމާލެ ބްރިޖު ހުޅުވުމާއެކު ކަނޑުމަގުން އެއާޕޯޓަށްދާ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް