ރައްޔިތުންގެ މަޖިލިސް ކުރާގޭގަ ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފިއެވެ.
މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާގޮތުގައި ރައްޔިތުންގެ މަޖިލިސް ކުރާގެއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސް މުވައްޒަފުންނެވެ.
މަޖިލީހުގެ އިދާރާގެ ބޭރު ފާރު އުސްކުރުމުގެ މަސައްކަތް ފަށާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންގެ ކުންފުނި ސިވެކް އާއި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް