އައްޑޫ ސިޓީ ހިތަދޫގައި ބައިސްކަލެއްގައި އުޅުނު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ރޭ ފަތިހު 04:00 ހާއިރު އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުން ބައިސްކަލުގައި ދިޔަ އިންޑިއާ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ.
އެމީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމުގައި ފުލުހުން ބުނެފައިވެއެވެ. އަދި ހަމަލާ ދީފައިވަނީ އޭނާގެ މޫނުމައްޗަށް ކަމަށާއި އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމުގެ މައުލޫމާތު ލިބިފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް