ބަގާވާތް ގެންނަން އުޅުނީ ގާސިމް އަޑީގަ ހުރެގެން ކަމަށް ވަނީ އިއުތިރާފުވެފަ: ޕީޕީއެމް

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޖުޑީޝަލް ބަގާވާތެއްގެ ގޮތުގައި ވެރިކަންކުރާ ޕާޓީ، ޕީޕީއެމްއިން ސިފަ ކުރާއިރު އެ ބަގާވާތުގެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހ...

25 Feb 2018 | 10:27

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޖުޑީޝަލް ބަގާވާތެއްގެ ގޮތުގައި ވެރިކަންކުރާ ޕާޓީ، ޕީޕީއެމްއިން ސިފަ ކުރާއިރު އެ ބަގާވާތުގެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އޭނާ އިއުތިރާފް ވެފައިވާކަމުގައި ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމްއިން މިހެން ބުނެފައިވަނީ ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

އެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގާސިމް އެކަމަށް އިއުތިރާފު ވެފައިވަނީ ރާއްޖެ ޓީވީއަށް އިއްޔެ ދެއްވި އިންޓަވިއުގައި ކަމަށެވެ.

ގާސިމް ގެނެވުނު ގޮތަކަށް ރާއްޖެ ގެނެސް ބަންދުރު ކުރުމަށްވެސް ސަލާމަތީ ބާރުތަކަށް އަދުރޭ ގޮވާލެއްވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މާލެ ތެރެ ހަލަބޮލު ކުރުމުގައިވެސް އަދި ސިފައިންނާއި ފުލުހުންގެ މެދުގައި ބައިބައިވުން އުފެއްދުމުގައިވެސް އެންމެ އަޑީގައި ހުންނެވީ ގާސިމް އިބްރާހިމް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް