ފޮޓޯގައި އެވަނީ އެއް އިރަކު ދުނިޔޭގައި އެންމެ ފަލަ މީހާގެ ރެކޯޑް އޮތް މީހާ އެވެ. ނަމަކީ ޖުއާން ޕެޑްރޯ ފްރާންކޯ އެވެ. އެނދުމަތީގައި އިނދެވެސް ކޮންމެ ދުވަހަކު ޕެޑްރޯ ކުރާ މަސައްކަތަކީ ހިކެން ކުރާ މަސައްކަތެކެވެ.
އެ މަސައްކަތުން މިހާރު އޭނާ ވަނީ 250 ކިލޯ އޭނާގެ ބަރުދަނުން ލުއި ކޮށްލާފަ އެވެ.
ދުނިޔޭގެ އެންމެ ބަރުމީހާގެ ރެކޯޑް، ގިނިސް ވޯލްޑް ރެކޯޑުން އޭނާއަށް ލިބުނު އިރު އޭނާގެ ބަރުދަނަކީ 595 ކިލޯ އެވެ. އެއީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި އެވެ.
ޕެޑްރޯ އަށް ވަނީ ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމުގެ ބައްޔާއި ކުރިމަތިލާން ޖެހިފަ އެވެ. އަދި އޭނާގެ ފުރާނަ ސަލާމަތް ކުރެވޭނެ ހަމަ އެކަނި ގޮތަކީ ހިކުން ކަމުގައި ޑަކުޓަރުން ވަނީ ބުނެފައި އެވެ.
ބަރުދަން ލުއި ކުރިމަށް ޕެޑްރޯ މިހާތަނަށް ދެ އޮޕަރޭޝަނެއްވެސްކޮށްފައި ވެ އެވެ. އަދި ޑަކުޓަރުގެ ލަފާގެ ދަށުން ހާއްސަ ޑައިޓެއްވެސް ޕެޑްރޯ އަންނަނީ ކުރިއަށް ގެންދަމުންނެވެ.
މިހާރު އުމުރުން 34 އަހަރުގެ ޕެޑްރޯ ބުނެފައިވަނީ މިހާރު އޭނާގެ ބަރުދަނަކީ 345 ކިލޯ ކަމަށާއި ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި އިތުރު 100 ކިލޯ ލުއި ކޮށްލުމަކީ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ކަމަށެވެ.
ޕެޑްރޯ އިތުރަށް ބުނެފައިވަނީ މިހާރު ބޮޑު ހުވަފެނެއް ސީދާ ކުރެވިފައިވާކަމަށާއި އެއީ ހިނގުމުގެ ހުވަފެން ކަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް