ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާފައިވާއިރު މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ. މިއީ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ އެވެ.
މި ޖަލްސާއަށް ދެ ކަމެއް އެޖެންޑާ ކޮށްފައި ވެ އެވެ. އެއީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔ ފޮނުއްވާފައިވާ ނަންފުޅު ދިރާސާ ކުރައްވާ ގޮތެއް ނިންމެވުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އާއި
ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔ ފޮނުއްވ ފައިވާ ، މ.ފޭމަންސް، އަލްފާޟިލް އިބްރާހީމް އުވައިސްގެ ނަންފުޅު ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެވެ.
ވޯޓުން ނިންމާ ހިސާބަށް ކަމެއް ގޮސްފައިވާނަމަ ވޯޓަށް އެހުންވެސް އެޖެންޑާ ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް