އިނގިރޭސި ލީގުގައި ރޭ 4-1 ގެ ނަތީޖާއިން ވެސްޓް ހޭމް ބަލިކޮށް ލިވަޕޫލް 2 ވަނައަށް އެރިއިރު، ދެ ވަނަ މަގާމް އަލުން ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑަށް މިރޭ އޮތީ ބޮޑު އިމްތިޙާނެކެވެ.
އެމްރީ ކޭން، މުޙައްމަދު ސަލާހް، ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯގެ ލަނޑުތަކާއެކު މޮޅުވެ، 28 މެޗުން ހޯދި 57 ޕޮއިންޓާއެކު ލިވަޕޫލް މި ވަގުތު ދެ ވަނައިގައި އޮތްއިރު، 3 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މިރޭ ނުކުންނާނީ 4 ވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށެވެ. ލިވަޕޫލަށްވުރެ 1 މެޗު މަދުން ކުޅެފައިވާ ޔުނައިޓެޑާ ލިވަޕޫލްއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ.
އަނެއްކޮޅުން ޗެލްސީއާ ޔުނައިޓެޑް ދެމެދު އެންމެ 3 ޕޮއިންޓްގެ ފަރަގު އޮތުމުން މިރޭގެ މެޗުން ޔުނައިޓެޑްގެ މައްޗަށް ޗެލްސީއަށް ކުރި ހޯދިއްޖެނަމަ، އެ ދެ ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވާނެއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރޮފޯޑް ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފެށޭނީ ރާއްޖެ ގަޑިން މިރޭ 19:05 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް