މީހާރު ކުރިއަށް ދާ މޯލްޑިވިއަން އައިޑޯލް ސީޒަން ތިނެއްގެ ރޭގެ ޝޯގައި ހަތަރު ބައިވެރިއަކަށް ގޯލްޑަން މައިކް ދީފިއެވެ.
މި ތިން ބައިވެރިންނަކީ ޝަހުދާން، ރައިހާން، ޝަމީލް އަދި ޝައިނާއެވެ. މީގެ ތެރޭން ޝައިނާ، ގޯލްޑަން މައިކް ހާސިލްކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން އޮޑިޝަންގަ އޭނާ ވަނީ ފުރަތަމަ ގޯލްޑަން މައިކް ހާސިލް ކޮއްފައެވެ.
ކުރީގެ ދެ ސީޒަނާއި ތަފާތުތަކެއް ފާހަގަ ކުރެވެމުން އަންނަ މި ސީޒަންގައި "އޮން ސްޕޮޓް އެލިމިނޭޝަން" ވެސް ވަނީ ތަޢާރަފް ކޮއްފައެވެ. އަދި މީގެ ކުރީ ސީޒަންތަކަށް ވުރެ މި ސީޒަން ފޯރިގަކޮށް ކުރިއަށް ދާކަން ފާހަގަވެ އެވެ.
ރޭގެ ޝޯއަށްފަހު ޕިއާނޯ ރައުންޑަށް 16 ބައިވެރިއަކު ވަނީ ދަތުރު ކޮށްފަ އެވެ. ގަދަ 16 އަށް ދަތުރު ކުރި ބައިވެރިންނަކީ ޝާން ,ތަސްލީމް , ރައިހާން , މުނާޒް , މުރްޝިދް , ނިޝްފާ , ޝަމީލް , ނާޒިހް , އިޝާން , ނައުޝާދް , ޝަހުދާން , ސަލްވާ , ސައިނާ , އަޒަލް , މައިޝާ އަދި އިޝީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް