ބޮލީވުޑް ސުޕަރ ސްޓަރ ސްރީ ދޭވީ ކަޕޫރު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ. މަރުވި އިރު އޭނާގެ އުމުރަކީ 54 އަހަރެވެ.
ސްރީ ދޭވީ މަރުވެފައިވަނީ ދުބާއީގައި އެވެ. އޭނާ ދުބާއީއަށް ދިޔައީ އާއިލާ މެމްބަރެއްގެ ކައިވެނީގެ ހަފްލާ އަކަށެވެ.
ސްރީ ދޭވީ ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ އުމުރުން އެންމެ ހަތަރު އަހަރުގައި އެވެ. ތަމިލް، ތެލުގޫ، މަލަޔާލަމް، ކަންނާޑާ އަދި ހިންދީ ފިލްމުތަކުގައި ސްރީ ދޭވީ އެކި ރޯލުތައް ކުޅެފައި ވެ އެވެ.
ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ސްރީ ދޭވީ ފާހަގަވެފައި އޮންނަނީ ފިލްމެއް ކުޅެފި ނަމަ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާ ތަރިއެއްގެ ގޮތުގައި އެވެ.
ސްރީ ދޭވީ މަރުވި އިރު އޭނާގެ ފިރިމީހާ ބޮނީ ކަޕޫރު އަދި އޭނާގެ އަންހެން ދަރި ޚުޝީ ތިބީ ސްރީ ދޭވީއާއެކު ދުބާއީގައި ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް