އެޗްޑީސީ ސްޓާފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރަނީ

'ބްލަޑް ބޭންކް'އިން ލޭ ހުސްވާން ގާތްވެފައިވާތީ، ސްޓާފުންގެ ފަރާތުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ތައްޔާރުވެފައިވާކަމަށް އެޗްޑީސީއިން ބުނެފިއެވެ. އެގޮތުން، ލޭ ހަދިޔާކުރުމަށް އެޗްޑީސީއާއި މޯލްޑިވި...

25 Jan 2026 | 10:58
ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއްގެ ތެރެއިން -

ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއްގެ ތެރެއިން -

'ބްލަޑް ބޭންކް'އިން ލޭ ހުސްވާން ގާތްވެފައިވާތީ، ސްޓާފުންގެ

ފަރާތުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ތައްޔާރުވެފައިވާކަމަށް އެޗްޑީސީއިން

ބުނެފިއެވެ.

އެގޮތުން، ލޭ ހަދިޔާކުރުމަށް އެޗްޑީސީއާއި މޯލްޑިވިއަން

ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން މާދަމާ ބްލަޑް ޑޮނޭޝަން ކޭމްޕެއް

ކުރިއަށްގެންދިއުމަށް ތައްޔާރުވެފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން އިތުރަށް ބުނެފައިވާގޮތުގައި މިއީ، ރާއްޖޭގެ ބަލްޑް

ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް

އިން ކުރި އިއުލާނާ ގުޅިގެން ކުރިއަށްގެންދާ ޑޮނޭޝަން ކޭމްޕެކެވެ. މި ކޭމްޕުގެ

މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލު

ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުންކަމަށްވެސް

ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް