ޤުރުއާނަށް އިހާނެތިކޮށް ހިތުމުން ޑަޗް އަދި ސްވިޑެންގެ އުފެއްދުންތައް ބޮއިކަޓްކުރުމަށް އަލް އަޒްހަރުން ގޮވާލައިފި

ސްވިޑެން އަދި ޑަޗްގެ އުފެއްދުންތައް އެންމެހާ މުސްލިމު ޤައުމުތަކެއްގައި ބޮއިކަޓް ކުރުމަށް އަލް-އަޒްހަރު ޔުނިވާސިޓީން ގޮވާލައިފިއެވެ. އަޒްހަރުން ބުނެފައިވަނީ ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތައި ފާޅުގަ...

25 Jan 2023 | 17:30

ސްވިޑެން އަދި ޑަޗްގެ އުފެއްދުންތައް އެންމެހާ މުސްލިމު ޤައުމުތަކެއްގައި ބޮއިކަޓް ކުރުމަށް އަލް-އަޒްހަރު ޔުނިވާސިޓީން ގޮވާލައިފިއެވެ.

އަޒްހަރުން ބުނެފައިވަނީ ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތައި ފާޅުގައި މުސްލިމުންގެ އަގު ވައްޓާލުމަށްޓަކައި މުސްލިމުންގެ މާތްވެގެންވާ ފޮތައް ގެއްލުންދޭ ފަރާތްތަކާމެދު ވަރަުގަދަ ފިޔަވަޅުތަކެއް އެޅުމަކީ އެދެޤައުމުގެ ސަރުކާރަށް ލިބިގެންދާނެ އެދެވޭ ޖަވާބަކަށްވާނެކަމުގައެވެ.

އެގޮތުން ސްވިޑެން އާއި ޑަޗްއިން މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގުމާއި މުޒާހަރާ ކުރުމާއި ޤުރުއާނަށް ބޭއަދަބީ ގޮތުން އަމަލުތައް ހިންގާ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދ އެކަންކަން އެމީހުން ސިފަކުރަނީ އެމީހުންގެ ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ހިންގުމުގެ ހައްގު ލިބިގެން ހިންގާ ކަންތައްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެމީހުންގެ އެއަމަލުތަކަކީ އެތައް މިލިއަން މުސްލިމުންނެއްގެ އަގުވައްޓާލުމަށް ހިންގޭ އަމަލުތަކެއްކަމުގައި އަޒްހަރުން ހާމަކޮށްފައިވެއެވެ.

އިސްލާމް ދީނާއި ދެކޮޅަށް ހައްދުން ބޭރުވެފައިވާ އެދެޤައުމަށް ނިސްބަތްވާ ގުރޫޕްތަކުން ދަނީ ފާޅުގައި ކީރިތި ޤުރުއާނުގެ މުސްހަފްތައް ވީދާ އަންދަމުންނެވެ.

އަޒްހާރުން ނެރެފައިވާ ލިޔުމުގައި އަރަބިންނާއި މުސްލިމު ޤައުމިއްޔަތުތަކުން އެފަދަ އަމަލު ހިންގާ ގައުމުތަކުގެ މުދަލާއި އުފެއްދުންތައް ބޮއިކަޓު ކުރުމަށް ވަނީ ގޮވާލާފައެވެ. އަދި އިސްލާމްދީނާއި ދެކޮޅަށް އެފަދަ ފަރާތްތަކުގެ އަމަލުތަކުގެ މައުލޫމާތު މުސްލިމުންގެ ޒުވާނުންނަށާއި ކުޑަކުދިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމުގެ މުހިއްމުކަމަށް ބާރުއަޅުއްވައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް