އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ގުޅުންހުރި ޑޮކިއުމެންޓަރީއެއް ބަޔަކު އުފެއްދިކަން ނޭނގޭކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް މިހެން ބުނެފައިވަނީ ބީބީސީން ތައްޔާރުކުރި، މޯދީއާއި ގުޅޭ ޑޮކިއުމެންޓްރީއާއި ބެހޭގޮތުން ކޮމެންޓެއް ހޯދުމަށް ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.
ނެޑް ޕްރައިސް ބުނެފައިވަނީ އިންޑިއާއާއި އެމެރިކާއާއި ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އިންޑިއާގެ ޑިމޮކްރަސީއަކީ ވަރަށް ހަރުދަނާ ޑިމޮކްރަސީއެއް ކަމަށެވެ. އަދި އެމެރިކާއާއި އިންޑިއާއާއި ދެމެދު އޮންނަ ގާތް ގުޅުމަށް ކުޑަނަމަވެސް ލޮޅުމެއް ނާންނަކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
އިންޑިއާގެ ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާއި ދެކޮޅަށް ހިންގި ގަތުލުއާންމުގައި މޯދީގެ ބައިވެރިވުން އޮތްކަމަށްބުނެ ބީބީސީން ތައްޔާރުކުރި ޑޮކިއުމެންޓަރީ މިހާރު ވަނީ އިންޑިއާއިން ނުފެންނަގޮތް ހަދާ ބްލޮކް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް