ރައީސް ޔާމީން ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި އިދިކޮޅުން އިނގިރޭސި ސަފީރު އަރިހަށް

ކުރީގެ ރައީސް އަދި އިދިކޮޅު ޕާޓީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސަލާމަތް ކުރުމަށް ހިތްވަރާއެކު އިދިކޮޅުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ޕާޓީގެ އިސްވެރިން ރާއްޖެއިން އިނގ...

25 Jan 2023 | 14:19

ކުރީގެ ރައީސް އަދި އިދިކޮޅު ޕާޓީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސަލާމަތް ކުރުމަށް ހިތްވަރާއެކު އިދިކޮޅުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ޕާޓީގެ އިސްވެރިން ރާއްޖެއިން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ އާއި ބައްދަލުކުރައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރުން މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން އެބޭފުޅުން ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމުގެ އިތުރުން މި ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައްވެސް އިނގެރޭސި ސަފީރުގެ އަރިހުގައި ފާހަގަކޮށްފައި ވާނެ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ސަރުކާރުން މިފަދަ ހުކުމެއް ކުރުމާ ގުޅިގެން އެމްޑީޕީއާ ދޭތެރޭ ބޭރު ގައުމުތަކުގެ ސަފީރުންނާއި ލީޑަރުންގެ އިތުބާރު ގެއްލިފައިވާކަމަށް ވެސް ޕީޕީއެމުން ބުނެފައި ވެއެވެ.

އަދި ރައީސް ޔާމީން ޖަލަށް ލުމުން ބައިނަލްއަޤްވާމީ ދުނިޔެ ވެސް އެކަން ކުށްވެރި ކުރާ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ހުރިހާ ދޮރެއްގައިވެސް ޓަކިޖަހައި ނުފުރޮޅާނެ ގަލެއް ނުބާއްވާނެ ކަމަށެވެ.

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ މާފުށީ ޖަލުގައި 11  އަހަރުގު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް