މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށެވެ.
މެޓުން މި ސަމާލު ނެރެފައިވަނީ މިރޭގެ 06:30 އިން ފެށިގެން މިރޭގެ މެންދަމު 12:30 އާއި ދެމެދުގަ ވަގުތަށެވެ.
މެޓުން މި ސަމާލު ނެރެފައިވާއިރު އިއްޔެއާއި މިއަދު ރާއްޖޭގެ އެކި ހިސާބަށް އަންނަނީ ވިއްސާރަކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް