ކެމްބޯޑިޔާގެ ބޮޑުވަޒީރު ރާއްޖޭގައި ނެންގެވި ފޮޓޯއަކަށް ކޮމެންޓް ކުރި މީހަކު ހޯދަން ފުލުހުންނަށް އަމުރުކުރައްވައިފި

ކެމްބޯޑިޔާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ނެންގެވި ފޮޓޯއަކަށް އެ ގައުމުގެ ރައްޔިތަކު ކުރި ކޮމެންޓެއްގެ މައްސަލަ ހޫނުވެ އެ ކޮމެންޓު ކުރި ފ...

25 Jan 2023 | 13:13

ކެމްބޯޑިޔާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ނެންގެވި ފޮޓޯއަކަށް އެ ގައުމުގެ ރައްޔިތަކު ކުރި ކޮމެންޓެއްގެ މައްސަލަ ހޫނުވެ އެ ކޮމެންޓު ކުރި ފަރާތް ހޯދަން ބޮޑުވަޒީރު ފުލުހުންނަށް އަމުރުކުރައްވައިފިއެވެ.

ބޮޑުވަޒީރު ހުން ސެން ރާއްޖެ ވަޑައިގެން ރާއްޖޭގައި ހުންނެވި ރިސޯޓުގައި މޫދަށް އެރިވަޑައިގެން އޮންނެވި މަންޒަރާއި އަދި ރިސޯޓުގައި ނެންގެވި އެކި ފޮޓޯތަކާއެކު ކުރި ޕޯސްޓަށް މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވަނީ އެންމެ ރީތި ގޮނޑުދޮށްތައް އޮތީ ކެމްބޯޑިޔާގައި ކަމަށާއި ނަމަވެސް ގައުމުގެ ލީޑަރުން އެއަށްވުރެ ނުބައީ ކަމަށެވެ.

އެ ކޮމެންޓަށް ބޮޑުވަޒީރު ހުން ސެން ވަނީ ވަގުތުން ރައްދު ދެއްވާފައެވެ. ރައްދު ދެއްވީ އެ ގައުމުގެ ފުލުހުން ޓެގް ކުރެއްވުމަށްފަހު އެމީހަކު ހޯދުމަށް އަމުރުކުރަމުންނެވެ.

ފަހުން އެ ގައުމުގެ މީޑިއާއަކަށް މައުލޫމާތުދެއްވަމުން އެ ގައުމުގެ ދާހިލީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެ ކޮމެންޓަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމުގައި ބެލޭނެ ގޮތެއް ނެތްކަމަށާއި އެއީ ގައުމުގެ ލީޑަރަށް ފުރައްސާރަކުރުން ކަމަށެވެ. އަދި މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށެވެ.

ބޮޑު ވަޒީރު ހުން ސެންގެ ފޭސްބުކް ޕޯސްޓަށް 10 ހާހަށްވުރެ ގިނަ ކޮމެންޓް ކޮށްފައިވާއިރު އެފަދަ ކޮމެންޓެއް ކޮށްފައިވަނީ "Ver To" ނަމަކަށްކިޔާ ފޭސްބުކް އެކައުންޓަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް