އެސްއެސްނެޓަށް ރަޖިސްޓަރ ކުރުމަށް ދިރާގުޓީވީ ކަސްޓަމަރުންނަށް ޚާއްސަ ޕޯޓަލެއް

އެސްއެސްނެޓަށް ރަޖިސްޓަރ ކުރުމަށް ދިރާގުޓީވީ ކަސްޓަމަރުންނަށް ޚާއްސަ ޕޯޓަލެއް ތައާރަފުކޮށްފިއެވެ. ދިރާގުން ޕޯޓަލެއް މެދުވެރިކޮށް އެސް.އެސް.ނެޓަށް ރަޖިސްޓަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ދީފައި ވަ...

25 Jan 2023 | 12:52

އެސްއެސްނެޓަށް ރަޖިސްޓަރ ކުރުމަށް ދިރާގުޓީވީ ކަސްޓަމަރުންނަށް ޚާއްސަ ޕޯޓަލެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ޕޯޓަލެއް މެދުވެރިކޮށް އެސް.އެސް.ނެޓަށް ރަޖިސްޓަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ދީފައި ވަނީ ދިރާގު ޓީވީގެ ޙިދުމަތް ހުއްޓާލާތީވެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ ހިދުމަތް ފޯރުކޮށްދިނުމަށެވެ.

ދިރާގުން ބުނީ އެސްއެސްނެޓަށް ރަޖިސްޓްރީ ކުރުމަށްޓަކައި ދިރާގުޓީވީ ކަސްޓަމަރުންނަށް އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ރަޖިސްޓްރޭޝަން ލިންކަށް ފިއްތާލެއްވުމަށްފަހު ލިންކުގައިވާ ފޯމް ފުރުއްވުމުން އެސްއެސްނެޓުން އެޕްލިކޭޝަން ބަލައިގަންނާ ކަމަށެވެ.

އެސްއެސްނެޓަށް ރަޖިސްޓަރ ކުރެއްވުމަށް:https://register.ssnet.mv/

7 އަހަރުގެ ހިދުމަތަށް ފަހު 29 ޖެނުއަރީ 2023އިން ފެށިގެން ދިރާގުޓީވީގެ ހިދުމަތް ހުއްޓާލާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް