2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 5.6 ބިލިއިން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފި އެވެ.
މި އަދަދަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ. އެހެންނަމަވެސް މިއަދަދުތަކުގެ ތެރެއިން ދައުލަތުގެ އާމްދަނީގެ ދެ އިންސައްތަ ދަށްވެފައިވާކަމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާއްމުކިރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެގޮތުން ޑިސެމްބަރު 2021ގައި ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި 364 މިލިއަން ރުފިޔާ ލިބިފާވާއިރު މިދިޔަ ޑިސެމްބަރު މަހު ލިބުނީ 356 މިލިއަން ރުފިޔާ އެވެ.
ރާއްޖެއިން މިދިޔަ ޑިސެމްބަރު މަހު 299 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ތައިލެންޑަށެވެ.
މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އެތެރެ ކުރެވުނު 5.6 ބިލިއަން މުދަލުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއްގެ މުދާ އިމްޕޯޓްކުރީ ފްރާންސުންނެވެ. އެގައުމުން 766 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާނުން 754 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 724 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.
އަދި ސިންގަޕޫރުން 694 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު ޗައިނާއިން 532 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް