ރިލްވާން މަރާލި މައްސަލައިގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ. ކްރިމ...

25 Jan 2023 | 10:45

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ މިއަދު ހެނދުނު 8:30 އަށެވެ.

މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައި ވާއިރު ޕީޖީ އޮފީހުން ވިދާޅުވީ އަޑު އެހުން ކެންސަލްކުރީ އަލަށް އަމަލުކުރަން ފެށި ހެއްކާ ބެހޭ ޤާނޫނާ އެއްގޮތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

އަދި އެއީ މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްދިނުމަށް ދައުލަތުންނާއި ދައުވާ ލިބޭ މީހުންގެ ވަކީލުން ވެސް އެދުމާ ގުޅިގެންނެވެ.

މިމައްސަލައިގައި ދަޢުލަތުން ދައުވާ ކުރަނީ އުމުރުން 30 އަހަރުގެ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، އުމުރުން 39 އަހަރުގެ މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް (އަހަނދު)ގެ އިތުރުން މާލެ ދަފްތަރު، އަހްމަދު މުއާޒު (40 އ) އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް