ސައުދަކީ ޖޭޕީ މެމްބަރެއް ނޫން: އަލީ ސޯލިހު

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި ސައުދުﷲ އަހުމަދަކީ ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއް ނޫންކަމަށް އެ ޕާޓީން ބުނެފިއެވެ. ޖޭޕީން މިހެން ބުނެފައި ވަނީ ސައުދަކީ ޖޭޕީގެ ކައުން...

25 Jan 2023 | 10:42

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި ސައުދުﷲ އަހުމަދަކީ ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއް ނޫންކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖޭޕީން މިހެން ބުނެފައި ވަނީ ސައުދަކީ ޖޭޕީގެ ކައުންސިލް މެންބަރެއް ކަމަށް ބުނެ އޭނާ އެ ޕާޓީން ވަކިވުމަށް އެދި ޕާޓީގެ ލީޑަރ ޤާސިމް އިބުރާހީމަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވާތީއެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުން  ސައުދު ވަނީ  ރިޔާސީ އިންތިޚާބުގެ ކުރިން ޖޭޕީ އާއި ގުޅިވަޑައިގެންފައެވެ. އަދި އޭނާ އަކީ އެ ޕާޓީގެ ކައުންސިލް މެންބަރެއް ކަމަށް ބުނެފައި ވެއެވެ.

އެކަމަކު "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ސައުދަކީ ޖޭޕީގެ މެންބަރެއް ކަން އެނގެން ނެތް ކަމަށެވެ.

މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި ސައުދަކީ އެ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ބޭފުޅެއް ނޫންކަމަށެވެ.

ސައުދު ޖޭޕީން ވަކިވި ކަމަށް ބުނެ އަޑުފެތުރިފައި މިވަނީ މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި އެމްޑީޕީ ޕްރައިމަރީ މާލޭ ބޮޑު ޖަލްސާގައި އޭނާ ބައިވެރިވެވަޑައިގެންނަވާ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް