ބޭންްކް އޮފް މޯލްޑިވްސް އިން އއ.މަތިވެރީގައި ސެލްފް ސާރވިސް ބޭންކިންގެ ޙިދުމަތް ފަށައިފިއެވެ.
މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެކަމުގައި ބީއެމްއެލް އިން ބުނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެފައިވަނީ އަލަށް މި ހުޅުވުނު ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް މަތިވެރި ރައްޔިތުންނަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެންމެ ކައިރީ ބްރާންޗަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެކަމުގައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްގެ 35 ބްރާންޗެއް 20 އަތޮޅުގައި ގާއިމްކުރެވުފައިވާކަމުގައާއި ،83 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 141 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝްއޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް އެ ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ
މި ޙިދުމަތަކީ އއ އަތޮޅުގައި ގާއިމްކުރެވޭ 4 ވަނަ އޭޓީއެމްއެވެ. އެގޮތުން ރަސްދޫ އާއި ތޮއްޑޫ، އުކުޅަސް އަދި މަތިވެރީގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތަކެއް ބީއެމްލް އިން ގާއިމް ޙިދުމަތް ދެވެމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް