ރައީސް ނަޝީދުގެ ތިން އަހަރަށް އެނބުރި ދާން އަފްރާދުން ނޭދޭ: އަލީ ޒައިދު

ރައީސް ނަޝީދަކީ ޗޮއިސްއެއް ނޫންކަމުގައި ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވީ ސިލްސިލާކޮށް މިހާރު ކުރައްވަމުންގެންދަވާ ޓްވީޓްތަކުގެ ތެރެއިން ޓްވީޓެއްގައެވެ. އެ މައުލޫގައި ޒައިދު ...

25 Jan 2023 | 09:23

ރައީސް ނަޝީދަކީ ޗޮއިސްއެއް ނޫންކަމުގައި ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ސިލްސިލާކޮށް މިހާރު ކުރައްވަމުންގެންދަވާ ޓްވީޓްތަކުގެ ތެރެއިން ޓްވީޓެއްގައެވެ.

އެ މައުލޫގައި ޒައިދު ވިދާޅުވެފައިވަނި ރައީސް ނަޝީދުގެ ތިން އަހަރަށް އެނބުރިދާކަށް ދިވެހި އަފްރާދުން ނޭދޭ ކަމަށެވެ. އެ ތިން އަހަރަކީ ގައުމު ބައިބައިވެ ހަމަނުޖެހުން ބޮޑު، މަގުމަތި ހަލަބޮލިވެ ގިނަ ގޮންޖެހުންތަކެއް ދިމާވި ޒަމާނެއް ކަމަށެވެ. އަދި މިހެން ކަން އޮތުމުން އެ ތާރީހު އިއާދަވުމަށް ނޭދެވޭތީ ރައީސް ނަޝީދަކީ ޗޮއިސްއެއް ނޫންކަމުގައި ޒައިދު ވިދާޅުވެފައިވެއެވެ.

ޒައިދު މިހެން ވިދާޅުވެފައިވާ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޝައިޚް ޒައިދާއި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަންނަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ދިމާކޮށް މި ޒާތުގެ ގިނަ ޓްވީޓްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް