ވާވެއްދި ފަރަށް އެރި ދެ އުޅަނދެއް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މިދިޔަ އަހަރުގެ ޖުލައި 23 ގައި ކ. އަތޮޅު ވާވެއްދިފަރަށް އެރި ދެ އުޅަދުން ތިމާވެއްޓަށް ލިބުނު ގެއްލުމާއި ގުޅިގެން، ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ. އެންވަޔަރްމެންޓް ޕްރޮޓެކްޝަނ...

25 Jan 2023 | 07:45

މިދިޔަ އަހަރުގެ ޖުލައި 23 ގައި ކ. އަތޮޅު ވާވެއްދިފަރަށް އެރި ދެ އުޅަދުން ތިމާވެއްޓަށް ލިބުނު ގެއްލުމާއި ގުޅިގެން، ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އެ ދެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު އެ ސަރަހައްދަށް ގޮސް ސާވޭ ކުރުމުން އެ ފަރުގެ 3،926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވިފައިވާކަން ފާހަގަކުރެވިފައިވާކަމުގައެވެ.

އެގޮތުން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކުގެ ބަދަލަށް 100 މިލިއަން ރުފިޔާ ދައްކަން ވެރިފަރާތަށް އީޕީއީ އިން ވަނީ އަންގާފައެވެ.

މި ދެ އުޅަދަކީވެސް އޭއެމް އޭއޭޖީއޭއެމް ބާޖާއި އޭއެމް އޭއެލްޕީއައިޓީގެ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ ކަމުން އެ ފައިސާ ދެއްކުމަށް ދި މިޑްލްއީސްޓް މެރިން އެލްއެލްސީ އަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް، ކަނޑައެޅި ޖުމުލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދު 100 މިލިއަނަށް ވުރެ މަށްޗަށް އަރައެވެ.

އެގޮތުން 148,381,500.00ރުފިޔާ ނަމަވެސް ތިމާވެއްޓާބެހޭ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ ޖޫރިމަނާގެ އަދަދު 100 މިލިއަން ރުފިޔާއަށް ކަނޑައަޅަން ޖެހުނު ކަމުގައި އީޕީއޭ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް