ކޭއާރުއެޗްގެ އާ އޯޕީޑީ އިމާރާތް ބޭނުން ކުރަން ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އާ އޯޕީޑީ އިމާރާތް ބޭނުން ކުރަން ފަށައިފި އެވެ. އެ ހޮސްޕިޓަލުން ބުނީ އާ އިމާރާތް ބޭނުން ކުރަން ފެށީ އިއްޔެ ކަމަށެވެ. އެ އިމާރާތް ހުންނަނީ ހޮސްޕިޓަލްގެ ...

25 Jan 2023 | 07:02

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އާ އޯޕީޑީ އިމާރާތް ބޭނުން ކުރަން ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އާ އިމާރާތް ބޭނުން ކުރަން ފެށީ އިއްޔެ ކަމަށެވެ. އެ އިމާރާތް ހުންނަނީ ހޮސްޕިޓަލްގެ އުތުރު ފަރާތުގައި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެއިމާރާތުން މައިގަނޑު ތިން ހިދުމަތްތަކެއް މިހާރު ލިބޭނެ ކަމަށެވެ. އެއީ އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ އިތުރުން ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓުގެ ހިދުމަތް ކަމަށެވެ.

މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލްގެ މައި ކައުންޓަރުންނާއި ފްލޯ މެނޭޖަރުންގެ ފަރާތުން ފުރިހަމަ މައުލޫމާތު ލިބޭނެ ކަމަށް ބުނެއެވެ.

އެ ހޮސްޕިޓަލް އޯޕީޑި އިމާރާތުގެ އަމަލީ މަސައްކަތް ފެށީ 2020 ވަނަ އަހަރު އެވެ.

https://twitter.com/KRHmv/status/1617943045386964994

އެ އިމާރާތުގައި 21 ބަލިމީހުން ބަލާ ކޮޓަރި ހުރެ އެވެ. އަދި އެމަޖެންސީ ފަރުވާދޭ އެއް ކޮޓަރިއާއި އެއް ޕްރޮސީޖާ ރޫމާއި ނާސިން ސްޓޭޝަނެއް ހަދާފައިވެ އެވެ. އަދި 6,189 އަކަ ފޫޓުގެ ވެއިޓިންގ ލޯންޖެއް ހަދާފައިވެ އެވެ.

އިމާރާތުގެ މަސައްކަތް ނިންމައި ހޮސްޕިޓަލާއި އިމާރާތް ހަވާލު ކުރީ މިދިޔަ ހަފްތާގައި އެވެ.

މި މަސައްކަތް އެމްޓީސީސީން ކޮށްފައިވަނީ 20.2 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް